މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 2 އިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ކަމަދޫ / މިނާ، އިބްރާހީމް ޝާއިން ސަޢީދު (20އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ފެބުރުވަރީ 27 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގެ ފުލުހުން ހިޔާ ޓަވަރު 3 ޕެޓްރޯލް ކުރަމުންދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއް ގެންގުޅޭކަމަށް ތުހުމަތުުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުމާ ގުޅިގެންނެވެ.
ހިޔާ ޓަވަރު 3 ގެ 24 ވަނަ ފަންގިފިލާގެ އުތުރުފަރާތު ސިޑިގޮޅި ކައިރިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 42 ރަބަރު ޕެކެޓާއި ހަތް ސެލޯފިންކޮޅު ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 10.98 ގުރާމެވެ.
މި މައްސަަލައާ ގުޅިގެން އިބްރާހީމް ޝާއިން ސަޢީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ފެބުރުވަރީ 28 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.