މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރު އައްޔަންކޮށްފި އެވެ.
ފަރުހަތު މިފްކޯގެ ސީއީއޯގެ މަގާމަށް މިއަދު ހަމަޖައްސާފައި މިވަނީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ޔުކްރެއިންގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލިއުބިމޮވް މިމަހުގެ ތިންވަނަ ދުވަހު ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވުމަށްފަހު އެވެ.
މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހު މަގާމަށް އައްޔަންކުރި ވިޓާލީ މަގާމުން ވަކިކުރި ވަކި ސަބަބެއް ސަރުކާރުން ނުބުނެ އެވެ.
މިފްކޯގެ އާ ސީއީއޯ ފަރުހަތު މީގެކުރިން ވަނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް -- އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް ހިންގާ ގުރޫޕްގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފަ އެވެ.
+1
+1
+1
+1
+1
+1