ރަޖިސްޓްރާ އޮފް ކޮމްޕެނީސް ގެ މަޤާމަށް މަރިޔަމް ޝައްމާ އިސްމާޢީލް މިއަދު ހަމަޖައްސައިފިއެވެ.
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު މިއަދު ވަނީ އެ މަޤާމަށް އައްއުލްތާޛާ މަރިޔަމް ޝައްމާ އިސްމާޢީލް ހަމަ ޖެއްސިކަން އިއުލާންކޮށް އެނާ އަށް މަރުޙަބާ ދަންނަވާފައެވެ.
ޤާނޫނީ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވާފައިވާ ޝަމްއާ ވަނީ 2004 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްއިން ބެޗެލަރ އޮފް ލޯސް ޙާޞިލުކުރައްވާފައެވެ.
ޝަމްއާ ވަނީ 2021 ވަނަ އަހަރު ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމު އަދާކުރައްވާފައެވެ. އަދި އޭގެ ކުރިން އިކޮނޮމިކް މިނިސްޓްރީގެ ލީގަލް ކޮންސަލްޓަންޓެއްގެ މަޤާމުގައި ހުންނެވިއެވެ.
މީގެ އިތުރުން ޝަމްއާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ޑިރެކްޓަރ އޮފް ލީގަލް އެންޑް ޕޮލިސީ އެފެއާޒްގެ މަޤާމާއި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަޤާމުވެސް ކުރިން އަދާކުރައްވާފައެވެ.