މާލޭގައި ދިރިއުޅޭ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ ނ. މަނަދޫ، ރީހުއްސަބާ، އަބްދުﷲ ޝިހާދު (37އ) އެވެ.
ފުލުހުން ބުނީ އޭނާ މިމަހުގެ 8 ވަނަ ދުވަހުގެ ހަވީރު 4:51 އިން ފެށިގެން އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރޭ 8:05 ހާއިރު ރިޕޯޓްކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޝިހާދު ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާގެ ފޯނަށްވެސް ނުގުޅޭ ކަމަށް އާއިލާއިން ވަނީ ފުލުހުންނަށް މައުލޫމާތުދީފަ އެވެ.
ޝިހާދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
+1
+1
+1
+1
+1
+1