ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޓިއުނީޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޓިއުނީޝިއާގެ ރައީސް، ހިޒް އެކްސެލެންސީ ޤައިސް ސަޢީދާއި، ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ކަމާލް މަދަވްވަރީއަށް ފޮނުއްވައިފިއެވެ.
މިގޮތުން މި ދެ ބޭފުޅުންނަށް ވަކިވަކިން ރައީސް ފޮނުއްވި މެސެޖުގައި، އެ ދެ ބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމަށް އެދިވަޑައިގެން، ޓިއުނީޝިއާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ޓިއުނީޝިއާގެ މިނިވަން ދުވަހު ގޮތުގައި ފާހަގަކުރަނީ 20 މާރިޗު 1965 އެވެ.
+1
+1
+1
+1
+1
+1