ފުލުހެއްގެ ގައިގައި ދަތްއަޅައިގެން މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކުރެވުނު އަންހެނަކު، ފޭރުމުގެ ތުހުމަތުގައި އަލުން ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރަކާ އެއްގޮތަށް، ވިލިމާލެ/ހަފޮޅު، ފާތިމަތު (44އ.) ގެ މައްޗަށް ފޭރުމާއި ހުއްދަނެތި އެހެން މީހުންގެ މުދަލަށް ބާރު ފޯރުވުމުގެ ތުހުމަތު ކުރެވިފައިވެއެވެ. މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ 10 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މިދިޔަ ޑިސެމްބަރު މަހު ފާތިމަތު ހައްޔަރުކުރެވުނީ، ނަސޭހަތް ދިނުމަށް އުޅުނު ފުލުސް އޮފިސަރަކަށް ފިލުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެ އޮފިސަރުގެ ގައިގައި ދަތްއެޅުމުގެ ތުހުމަތުގައެވެ. ނަމަވެސް އެވަގުތު ފާތިމަތު ވަނީ ދަތްއެޅި ކަމަށް އިންކާރުކޮށްފައެވެ.
+1
+1
+1
+1
+1
+1