ކޮވިޑް-19 ޖެހިގެން ރާއްޖެއިން މީހަކު ނިޔާ ނުވާތާ 4 ދުވަސް ފަހުން މިއަދު މީހަކު ނިޔާވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ބުނީ ރޭ ދަންވަރު 2:33 ގައި ނިޔާވީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް ކޮވިޑު ޖެހިގެން ފަރުވާ ދެމުން ދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ.
މިއީ ރާއްޖެއިން މި ބަލި ޖެހިގެން ނިޔާވި 210 ވަނަ މީހާ އެވެ.
މިދިޔަ މެއި މަހަކީ ކޮވިޑުގައި އެންމެ ގިނަ މީހުން ރާއްޖެއިން ނިޔާވި މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 80 އާ ގާތްކުރާ އަދަދަކަށް ރާއްޖެއިން މީހުން ނިޔާވި އެވެ. އޭގެ ފަހުން އަނެއްކާވެސް ކޮވިޑް ކޭސްތައް މަދުވަމުން އައުމާއިއެކު މަރުވާ މީހުންގެ އަދަދުވެސް ދަށަށް ދިޔަ އެވެ.
އެޗްޕީއޭއިން ބުނާ ގޮތުގައި މަރުވާ މީހުންގެ ތެރޭގައި ގިނައީ ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކުރާ މީހުންނެވެ.
+1
+1
+1
+1
+1
+1