ހޮނިހިރު ދުވަހު ޕީކް ގަޑީގައި މާލޭގައި ގާތްގަނޑަކަށް 104 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓެލްކޯ އިން ބުނީ މާލެއާއި، ހުޅުމާލޭގައި ހޮނިހިރުދުވަހު ދުވަހު ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރެވުނު މިންވަރުވަނީ ހުކުރު ދުވަހާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން ހޮނިހިރު ދުވަހު އެންމެ ޕީކް ގަޑީގައި 104 މެގަވޮޓާއި ގާތްކުރާ އަދަދަކަށް ކަރަންޓު ބޭނުންކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، ހޮނިހިރު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ ހަވީރު 4:00 ގައެވެ. އެގޮތުން އެ ގަޑީގައި ކަރަންޓު ބޭނުންކުރި މިންވަރު ވަނީ 103.8 މެގަވޮޓަށް އަރައިފައެވެ.
ސްޓެލްކޯ އިން ވަނީ ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުކަމަށް ފާހަގަ ކުރެވިފައިވާ ގަޑިތަކުގައި ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.