ބަނގުރާކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ފުޅިތަކަކާއެކު މިރޭ ވެސް ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މީހުން އަތުލައިގެންފައި ވަނީ ރޭ 21:55 ހާއިރު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން، މި އޮޕަރޭޝަނުގައި، ބަނގުރާ ހިފައިގެން ދަތުރުކުރާކަމަށް ޝައްކު ކުރެވުނު އުޅަނދެއް ބަލައި ފާސްކުރި އިރު، ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅައިފައި ހުރި 54 ފުޅި ފެނުން ކަމަށާއި އެހެންކަމުން މި އުޅަނދު ޓޯކޮށް އެތަކެތި ހިފައިގެން ދަތުރުކުރި ދެ ބިދޭސީން ހައްޔަރުކޮށްފައި ވަކަމަށް ވެސް ފުލުހުން ބުންޏެވެ.
އެއީ ސްރީ ލަންކާއަށް ނިސްބަތްވާ ދެ މީހުންނެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހްޤީޤް ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ ހަފްތާގަވެސް ފުލުހުން ވަނީ މިފަދަ އޮޕަރޭޝަނެއް ހުޅުމާލޭގައި ހިންގައި، ބިދޭސީއަކު އަތުލައިގެންފައެވެ.