އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ރަސްމީ ދަތުރުފުޅެއްގައި ތުރުކީވިލާތަށް ވަޑައިގެންފިއެވެ.
ވަޒީރު ތުރުކީވިލާތަށް ވަޑައިގަތުމަށް މާލެއިން ފުރާވަޑައިގެންނެވީ މިއަދެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ދަތުރުފުޅުގައި ވަޒީރު ބައިނަލްއަޤްވާމީ މުހިންމު ވިޔަފާރިވެރިންނާއި، ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުންތަކުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާނެ ކަމަށާއި، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އައު އިންވެސްޓްމަންޓް ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
+1
+1
+1
+1
+1
+1