މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅެވޭނެ ގޮތަށް ގަލޮޅު ސިޓީ ޕާކް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ގަލޮޅު ސިޓީ ޕާކް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ފޭސް 2 ގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށެވެ.
މި ޕާކް ތަރައްގީކުރަން ނިންމާފައިވަނީ 3އޮން3 ބާސްކެޓް ބޯލް ކޯޓަކާއި ބެޑްމިންޓަން ކޯޓެއް ހިމެނޭ ގޮތަށެވެ.
މީގެ އިތުރުން މި ޕާކްގައި އައުޓް ޑޯ ޖިމަކާއި ކުޑަކުދިން ކުޅޭ ސަރަހައްދެއް ތަރައްގީކުރަން ވަނީ ނިންމާފަ އެވެ.
މި ޕާކްގައި ޕްލާޒާއަކާއި ރާޒުވާ ކުޅެވޭ ގޮތަށް ސަރަހައްދެއް ތަރައްގީކުރަންވެސް ވަނީ ނިންމާފަ އެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މޭ 8 ވަނަ ދުވަހު 9:00 އަށް އަގު ހުށަހަޅަންޖެހެ އެވެ.
+1
+1
+1
+1
+1
+1