ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރ އަތޮޅުން ފެށިގެން އދ އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
ރީނދޫ ސަމާލު ނެރުނީ ހެނދުނު6:30 އިން ފެށިގެން މިއަދު މެންދުރު11:30 އާއި ހަމައަށެވެ.
މޫސުމާ ބެހޭ ޤާއުމީ އިދާރާއިން ބުނީ މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރުކަމުން ރާއްޖޭގެ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަ ވިލާތައް އަރަމުންދާކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަަށް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ ޢިދާރާއިން ބުނެ އެވެ. މީގެ އިތުރުން ބައެއް ހިސާބުތަކުގައި އާންމު ވައި ގަދަވުމާއެކު، ކަނޑުތައް ގަދަވުމުގެ ފުރުޞަތުވެސް އޮތްކަން މެޓް އޮފީހުން ބުންޏެވެ.
+1
+1
+1
+1
+1
+1