ކ. ކާށިދޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރަން އެ ރަށަށް އާ ޖަނަރޭޓަރު ސެޓެއް ފޮނުވައިފި އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި ކާށިދޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ފޮނުވީ 500 ކިލޮވޮޓްގެ އާ ޖަނަރޭޓަރު ސެޓެކެވެ.
މި ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
ސްޓެލްކޯ އިން ބުނެފައިވަނީ މި ޖަނަރޭޓަރުސެޓާއެކު، ކާށިދޫގެ ޖެނެރޭޝަން ކެޕޭސިޓީ ވަނީ 2562 ކިލޮވޮޓަށް އިތުރުކުރެވިފައިވާ ކަމަށެވެ.
+1
+1
+1
+1
+1
+1