ސަރުކާރުގެ ޚަރަދުގައި ބޭރު ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ސްޓޫޑެންޓު ލޯނު ބަރާބަރަށް ދައްކަނީ އެންމެ 40 ޕަސެންޓު މީހުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި މިނިސްޓަރ ހައިދަރު ވިދާޅުވީ ކިޔެވުމަށް ފަހު ލޯނުގައިއަނބުރާ ދައްކަނީ 40 ޕަސެންޓް ދަރިވަރިން ކަމަށެވެ. ހައިދަރު ވިދާޅުވީ އެ ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ހޯދުމަށް މިނިސްޓްރީން ކުރަން ޖެހޭ މަޝްވަރާތައްކޮށް، ވަރަށް އަވަހަށް އެކަމަށް ގޮތެއް ނިންމާނެ ކަމަށެވެ.
"ހަމައަށް ބަރާބަރަކަށް ނުދައްކާ. 40 ޕަސެންޓު ވަރު އަނބުރާ ދައްކަނީ،" ހައިދަރު ވިދާޅުވިއެވެ.
ސްޓޫޑެންޓް ލޯނުގެ ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށާއި، އެ ލިބެންވާ ފައިސާ ހޯދުމަށް މިނިސްޓްރީން ކުރަން ޖެހޭ މަޝްވަރާތައްކޮށް، ވަރަށް އަވަހަށް އެކަމަށް ގޮތެއް ނިންމާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު އެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ.
ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ލިބުމުގައި ދަތިތައް ދިމާވާ ކަމުގެ ކަންބޮޑުވުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ މަސައްކަތްތައް ލަސްވާކަން ގަބޫލުކުރައްވާ ކަމަށާއި، އެހެން އެކަން ދިމާވަނީ މިނިސްޓްރީގެ މުވައްޒަފުންގެ ދަތިކަން ހުރުމުންނެވެ. ނަމަވެސް އެކަން ކަމަށް ވެސް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ސްޓޫޑެންޓު ލޯނަށް އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރެއެވެ. އެ ފައިސާ ދޫކުރަނީ ކޮންމެ ދަރިވަރަކަށް ވެސް ހަ މަހުން ހަ މަހުންނެވެ.