ފީނަން ނުކުމެ އުޅުނު ބައެއް ތިބި ޑިންގީއެއްގައި ލޯންޗެއްގައި ޖެހި، ފަސް މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ފޮނުވި މެސެޖެއްގައި ބުނީ ޅ. ގާއެރި ފަޅު ކައިރީ ފީނަން ނުކުމެ އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗަކުން ޖެހި އެކްސިޑެންޓުވެފައިވާ ކަމުގެ މައްސަލައެއް ރޭ 12:33 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި ޑިންގީގައި ތިބި ފަސް މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއްވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވި މީހުންނަށް ފަރުވާ ދެމުން އަންނަނީ ޅ. އަތޮޅު ހޮސްޕިޓަލުގައެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިދިޔަ ހަފްތާގައިވެސް ފީނަންގޮސް އުޅުނު މީހަކަށް ލޯންޗެއްޖެހި ބޮޑެތި އަނިޔާތަކެއްވަނީ ވެފައެވެ.
+1
+1
+1
+1
+1
+1