ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރުމާ ގުޅޭގޮތުން ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.
އެޗް.ޕީ.އޭއިން ބުނީ އެ އެޖެންސީގެ އިސްނެގުމާއި އެކު ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރުމަށް އާރޓިފިޝަލް ބީޗްގައި މިއަންނަ ހޮނިހިރު ދުވަހު ހަރަކާތެއްކުރިއަށް ދާނެ ކަމަށެވެ.
ހަވީރު އަދި ރޭގަނޑު ހިމެނޭ ގޮތަށް ދެ ދަންފަޅިއަކަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ކުޑަކުދިންނާއި ގުޅޭ ހަރަކާތްތަކާއި، އަދި ޒުވާނުންނަށް ހާއްސަކޮށް ހަރަކާތްތަކެއްވަނީ ރޭވިފައެވެ. އޭގެ އިތުރުން މި ހަރަކާތް ކުރިއަށްދާ ވަގުތު އެސަރަހައްދުން މޮބައިލް ސިޒޭޝަން ކްލިނިކްގެ ހިދުމަތްވެސް ލިބެން ހުންނާނެއެވެ.
މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި، ހުޅުމާލެ ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗް، ޓްރީޓޮޕް ހޮސްޕިޓަލް، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް، ޔުނިސެފް، އެސް.ޓީ.އޯ، އެން.ޑީ.އޭ، މޯލްޑިވްސް ކެންސަރ ރިސާޗް ފައުންޑޭޝަން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ދިވެހި ފުލުހުންގެ ހިދުމަތް، މިނިސްޓްރީ އޮފް ހެލްތް އަދި ދަމަނަވެށި ހިމެނެއެވެ.
+1
+1
+1
+1
+1
+1