މި އަހަރުގެ ހައްޖު މަހުގެ ހަނދު ސައޫދީ އަރަބިއްޔާ އަށް ފެނުމުން، މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ ގައުމުން ކަނޑައަޅައިފިއެވެ.
ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ވުމުން މި އަހަރުގެ އަރަފާތު ދުވަސް ވާނީ އަންނަ ޖޫން މަހުގެ ފަސްވަނަ ދުވަހަށެވެ. އަދި ބޮޑު އީދު ވާނީ ޖޫން މަހުގެ 6 ވަނަ ދުވަހަށެވެ،
ސައުދީ ސަރުކާރުން ބުނީ ޒުލްހިއްޖާ މަހުގެ ހަނދު މިރޭ ފެނިފައިވާ ކަމަށާއި، މާދަމާއަކީ ހައްޖު ދުވަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މީލާދީ ސަނަތުން މާދަމާއަކީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ އެއް ވަނަ ދުވަސް ކަމުގައި ވާތީ، މީލާދީ ސަނަތުން ޖޫން މަހުގެ ފަސް ވަނަ ދުވަހަކީ މި އަހަރުގެ ހައްޖު (އަރަފާތު) ދުވަސް ކަމުގައި ދަންނަވާ ކަމަށެވެ.
ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތްވެގެންވާ ދުވަސްތަކެކެވެ. އެ މަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެވެ.