ދަރިވަރެއްގެ އިނގިލި ބިންދާލި ތ. ކަނޑޫދޫ ސްކޫލްގެ ބިދޭސީ ޓީޗަރު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ އިންޑިއާގެ ޓީޗަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެ ކަމަށެވެ.
އޭނަ އަނިޔާކޮށްފައި ވަނީ 11 އަހަރުގެ ފިރިހެން ދަރިވަރަކަށެވެ. އެ ދަރިވަރުގެ އިނގިލި އަނބުރައި ބިންދައިލުމާ ގުޅިގެން ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައިވެ އެވެ.
+1
+1
+1
+1
+1
+1