މިނިސްޓްރީ އޮފް ހެލްތަށް ހިންގުމަށް ހަމަޖެހިފައިވާ ''ކެޕޭސިޓީ ބިލްޑިންގް" ޕްރޮގްރާމެއް މިއަދު އިފްތިތާހްކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމްއެވެ.
މިނިސްޓްރީ އޮފް ހެލްތުގެ އެކި ދާއިރާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ތަމްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ޖޫން މަހުގެ 15 އިން 25 އަށެވެ.
ތަމްރީން ކުރިއަށް ގެންދަނީ ތިން ބެޗަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބެޗް މާލޭގައި މސައްކަތް ކުރާ މުވައްޒަފުން، ދެވަނަ ބެޗް ހުޅުމާލޭގެ އޮފީސްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުން އަދި ތިންވަނަ ބެޗްގައި ތަމްރީން ދެނީ އޮންލައިންކޮށް އަތޮޅުތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށްވެސް ބައިވެރިވެވޭގޮތަށެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަބުދުﷲ ނާޒިމް ވިދާޅުވީ ކާމިޔާބީއާއި ހަމައަށް ދިއުމަށް އޮންނަ މަގަކީ އަބަދުވެސް ކުރިއަށް ދިއުމަށް މަސައްކަތް ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން މިފަދަ ތަމްރީންތައް ވީާވެސް ގިނަ ބަޔަކަށް ބައިވެވޭގޮތަށް ކުރިއަށް ގެންދިއުމަށް އެދިވަަޑައިގަތެވެ. އަދި ކާމިޔާބާއި ހަމައަށް ދިއުމަށް އެކި އެކި ތަމްރީންތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ތަމްރީން ތަކުގައި ޓެކްނިކަލްގެ އިތުުން، ޒިންމާތަކާއި އަމިއްލަ ވިސްނުމުގައި ކަންކަން ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް މިނިސްޓަރ އަލި އަޅުއްވާލެއްވިއެވެ.
ސިވިލސް ސަރވިސް ކޮމިޝަނަނާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށް ގެންދާ މި ޓްރެއިނިން ފެށުމުގެ ރަަސްމިއްޔާތުގައި ސިވިސް ސަރވިސް ކޮމިޝަންގެ ރައީސް އަހްމަދު ނާސިހް، ނާއިބް ރައީސް އަލްއުސްތާޛު މުޖުތާޒު މުހުސިން އަދި ކޮމިޝަންގެ މެމްބަރުންނާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންގެ އިތުރުން ތަމްރީންގައި ބައިވެރިވާ ބައެއް މުވައްޒަފުން ބައިވެރިވިއެވެ.