މާލޭގެ ބޮޑު ބަޔަކަށް މިހާރު ކަރަންޓް ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މިހާތަނަށް ކުރި މަސައްކަތުން މާލޭގެ 60 ޕަސެންޓަށް އަދި ހުޅުމާލޭގެ 78 ޕަސެންޓަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށެވެ.
ކަރަންޓު ކެނޑުނީ މިއަދު މެންދުރުފަހު 12:30 ހާއިރެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މިހާރު ކުރިއަށް ދަނީ މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބްރިޖުން ގުޅުވާލާފައިވާ ކޭބަލް އެނާޖައިޒް ކުރުމުގެ މަސައްކަތެވެ.
ސްޓެލްކޯ އިން ބުނީ އިންޖީނިއަރުން އަންނަނީ ދިމާވި މައްސަލަ ބަލަމުން ކަމަށާއި މިކަމަށް ގިނަ ވަގުތު ހޭދަވީ މުޅި ގްރިޑުން ކަރަންޓު ދިއުމުން އެކަން ރަނގަޅަށް ޔަގީންކޮށްފައި ނޫން ގޮތަކަށް ކަރަންޓު ނުދޭން ކަމަށެވެ.
މާލެ ސަރަހައްދުން ކަރަންޓް ކެނޑުމާ ގުޅިގެން ވަރަށް ގިނަ ހިދުމަތްތަކެއް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.ކަރަންޓު ކެނޑުނު ތަންތަނުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ދިން ކަމަށް ސަރުކާރުން ބުންޏެވެ.