ބަންޑާރަ ކޮށީގައި މިރޭ މަރުވި ސިފައިންގެ މީހާގެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ބަންޑާރަ ކޮށީގައި މިރޭ މަރުވީ އުމުރުން 35 އަހަރުގެ ފިރިހެނެއްކަމަށާއި އެ މައްސަލަ ފުލުހުން ބަލަމުންދާކަމަށެވެ.
އެނގިފައިވާގޮތުގައި ސިފައިންގެ މީހާ މަރުވެފައި ހުއްޓާ ފެނުނީ ބަންޑާރަކޮށީގެ ފާޚާނާއެއްގެ ތެރެއިންނެވެ.
އެމީހާއަކީ ސިފައިންގެ ސާޖެންޓެއް ކަމަށް އެނގިފައި ވެ އެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފުން ވަކި ޖަވާބެއް ނުދީ ބުނެފައިވަނީ އެއީ ފުލުހުން ތަހުގީގު ކުރާ މައްސަލައަކަށް ވާތީ މީޑިއާތަކާ މައުލޫމާތު ހިއްސާ ކުރާނީ ފުލުހުން ކަމަށެވެ.
+1
1
+1
2
+1
1
+1
41
+1
8
+1
7