ރޭ މާލޭގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ މާލޭ ޝަހީދު ކުޑަނެވި ތުއްތު މަނިކު ހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލަ ރޭ 03:10 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މި މާރާމާރީގައި އަނިޔާވެފައިވަނީ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށާއި، އެމީހާއަށް ފަރުވާދިނުމަށް ގެންގޮސްފައިވަނީ އައިޖީއެމްއެޗަށް ކަމުގައިވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު ތަޙުޤީޤުކުރަމުންދާ ކަމަށެވެ.
+1
+1
+1
+1
+1
+1