ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން "މިނިވަން 60" ގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތަކަށް ހުޅުވާލައިފި އެވެ.
އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ މި ލޯގޯ ފަރުމާކުރުމަށް ބޭނުންވާ ފަރާތްތަކުން "މިނިވަން ފަސްދޮޅަހުގެ ލޯގޯ ފަރުމާކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުގެމަތިން ލޯގޯ ފަރުމާ ކުރުމަށް ފަހު މި މަހުގެ 15 ގެ ކުރިން ހުށަހެޅުމަށް އެދޭ ކަމަށެވެ.
އެގޮތުން ހުށަހަޅާ ލޯގޯތަކުން އެންމެ ރަނގަޅު ލޯގޯއެއް ހޮވާނީ އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޕެނަލަކުން ކަމަށް އެ ވުޒާރާއިން ބުނެ އެވެ. އަދި އެއް ވަނަ އަށް ހޮވޭ ލޯގޯއަކަށް 30,000ރ. ގެ ފައިސާގެ އިނާމެއް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ލޯގޯ ފަރުމާ ކުރުމުގައި އިސްލާމްދީނާއ،ި ދިވެހިބަހާއ،ި ސަގާފަތާއ،ި ދިވެހި ތަރިކަ ރަމްޒުކޮށްދިނުމާއ،ި ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހީންގެ ދައުލަތް މިނިވަންކަމާއެކު ދެމިއޮތުން ރަމްޒުކޮށްދޭން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އަދި ލޯގޯގައި ބޭނުންކުރެވޭ ކުލަތަކަކީ ޤައުމީ ކުލަތައް ކަމަށްވެފައި އިތުރުކުލައެއް ބޭނުންކުރާނަމަ ދިވެހި ކަނޑާއ،ި ރާއްޖޭގެ މާހައުލު ރަމްޒުކުރާ ކުލައެއް ކަމުގައިވާ ނޫކުލަ ބޭނުންކުރުމަށާއި މި ލޯގޯ އަކީ އިލެކްޓްރޯނިކް މީޑިޔާގައްޔާއ،ި އެނިމޭޝަނާއ،ި ވީޑިއޯތަކުގައި ބޭނުންކުރެވޭފަދަ އެއްޗަކަށް ވާންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެއިތުރުން ހުށަހަޅާ ލޯގޯ އަކީ މީގެކުރިން އެއްވެސް މަޙައްލެއްގައި ނުވަތަ މުބާރާތެއްގައިވިޔަސް ބޭނުންކޮށްފައިވ،ާ ނުވަތަ ޝާއިޢުކޮށްފައިވާ ލޯގޯއެއް ކަމަށް ވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.