ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދެން އަލުން ފަށާނީ އީދު ބަންދަށް ފަހު ކަމުގައި މަޖިލިސް އިދާރާއިން ބުނެފިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ. ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ.
މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާލުމަށް ފަހު މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ޗުއްޓީ ނިންމައި، އެނބުރި އައުމަށް ފަހު މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ އިއްޔެއެވެ.
މި ބުރާސްފަތި ދުވަހު ހައްޖު ދުވަހުގެ ބަންދާއި އެކީ އަޟްހާ އީދުގެ ބަންދު ފެށޭއިރު، އީދު ބަންދު ނިމޭނީ މިމަހުގެ 10 ވާ އަންގާރަ ދުވަހުގައެވެ. އެހެންކަމުން ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 10 ވަނަ ދުވަހުގެ ފަހުންނެވެ.
+1
+1
+1
+1
+1
+1