ކުއްލި ގޮތަކަށް ނިޔާވި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާ ބުދަ ދުވަހު މެލޭޝިޔާގައި ބޭއްވުމަށް ނިންމައިފިއެވެ.
މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން މަޢުލޫމާތު ދިން ގޮތުގައި، ޝައިޚް ފަރީދުގެ ޖަނާޒާ އޮންނާނީ ބުދަ ދުވަހުގެ(މާދަމާ) މެންދުރު ނަމާދަށްފަހު ރާޖާ ހާޖީ ފީސަބީލީﷲ މިސްކިތުގައެވެ. އަދި ވަޅުލުމަށް ހަމަޖެހިފައިވަނީ ތަނާހް ޕްރަކުބުރަން އިސްލާމް ރައުދުލް ބަޤީގައެވެ.
އުމުރުން 53 އަހަރުގެ ޝައިޚް އިބްރާހިމް ފަރީދު އަހްމަދު ނިޔާވެވަޑައިގަތީ އިއްޔެ މެލޭޝިޔާއަށް ވަޑައިގެންނެވި ތަނުން އެއަރޕޯޓުގައެވެ.
މަރުހޫމު ޝައިޚް އިބްރާހިމް ފަރީދު އަހްމަދަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އިލްމުވެރިންގެ ތެރޭގައި ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
+1
2
+1
+1
+1
2
+1
+1