ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގައި ގައްދޫ ދާއިރާ ތަމްސީލުކުރެއްވި މެންބަރު އަޙްމަދު ރަޝީދު މިއަދު ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ރަޝީދު ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އައިޖީއެމްއެޗްގަ އެވެ. ރަޝީދުގެ ޖަނާޒާގެ މަޣްރިބު ނަމާދަށްފަހު ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
އަށާރަ ވަނަ މަޖިލީހަށް ރަޝީދު ންތިހާބުވީ އޭރު ވެރިކަން ކުރަމުން ޕީޕީއެމްގެ ޓިކެޓުގަ އެވެ. މަޖިލީހުގެ ދައުރުގެ ތެރޭގައި ރަޝީދު ވަނީ މާލިއްޔަތު ކޮމިޓީ، 241 ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަދި ގައުމީ ތަރައްގީގެ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ.
+1
+1
+1
+1
+1
+1