ދިވެހި ޙައްޖުވެރިން ޙައްޖުގެ މަތިވެރި އަޅުކަމަށް ފަހު އެނބުރި ރާއްޖެއަށް އަންނަން މިއަދު ފަށައިފިއެވެ.
އެގޮތުން، މިއަދު ޙައްޖުވެރިން އަންނަން ފަށާފައިވާއިރު، ފުރަތަމަ ފުލައިޓު މާލެ އައިސްފައިވަނީ 14:00 އެހާކައިންހާއިރެވެ.
މި ފަހަރު ޙައްޖުވެރިން އައުމަށް ހަމަޖެހިފައި ވަނީ ހަތަރު ދުވަހަކަށް ބަހަލާއިގެނެވެ. އެގޮތުން، ދެވަނަ ފުލައިޓު މާދަމާ ރޭ އަންނައިރު، އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހުގެ ރޭ ވެސް ޙައްޖުވެރިން އައުމަށް ވަނީ ހަމަޖެހިފައެވެ.
ޙައްޖުގެ އަޅުކަން އަދައިކުރުމަށް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ސައުދީއަށް ދިޔައީ 1000 މީހުންނެވެ.
ޙައްޖުގެ އަޅުކަމުން އަންނަ މީހުން ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް މިއަދު ވަނީ ހުޅުވާފައެވެ.
+1
+1
+1
+1
+1
+1