އިރާނުގެ ގައުމީ ޓީވީ ސްޓޭޝަނަށް އިސްރާއީލުން ބޮން އަޅާފައިވާކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ގައުމީ ޓީވީ ނެޓްވާކުން ދައްކާފައިވާ ފޫޓޭޖުގައި ފެނިގެންދިޔައީ އަންހެން ޕްރެޒެންޓަރެއް ލައިވްކޮށް އޮންއެއަރުގައި ހުރި ވަގުތެއްގައި ބޮޑު ގޮވުމެއްގެ އަޑު އިވުނު ތަނެވެ.
ހަމަލާ ދިން ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯއަކުން ފެންނަނީ، އަންހެނަކު ޚަބަރު ކިޔަން އިންދައި ވަރަށް ބާރު އަޑެއް އިވި، މަތިން އެއްޗެހިތަކެއް ވެއްޓޭ މަންޒަރެވެ. އަދި ޚަބަރު ކިޔުން ހުއްޓާލައިފައި އަންހެން މީހާ ދާއިރު، ސްޓޫޑިއޯ ތެރެއިން ބަޔަކު "الله أكبر" ކިޔާ އަޑުއިވެއެވެ.
ބޭރުގެ ބައެއް ނޫސްތަކުގައިވާ ގޮތުން، ޓީވީން ފެންނަން އިނީ ސަހަރު އިމާމީ ކިޔާ ނޫސްވެރިއެކެވެ. އެ ހަމަލާގައި އޭނާއާއި ސްޓޫޑިއޯގައި ދެން ތިބި މީހުންނަށް ވެސް އަނިޔާ ނުވާ ކަމަށާއި، ހަމަލާއަށް ފަހު ވެސް އޭނާ ޚަބަރު ކިޔަން އެރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިރާނުގެ ދަރިވަރުންގެ ނިއުސް އެޖެންސީ (އައިއެސްއެންއޭ) ގެ މައުލޫމާތު ތަކަށް ބަލާއިރު، އެ ޗެނަލްގެ ބްރޯޑްކާސްޓްތައް މިހާރުވަނީ އާދައިގެ ގޮތަށް އަނެއްކާވެސް ފަށާފައެވެ.
އިރާނުގެ ސަރުކާރު ބްރޯޑްކާސްޓަރު، އައިއާރުއައިބީ ހުންނަނީ މީހުން ބަދަލުކުރުމަށް އިސްރާއީލުން އިންޒާރު ދީފައިވާ ސަރަހައްދުގައެވެ.