ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސް މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑަތުމާއި އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ޕާޓީން މިރޭ ބާއްވާ ޖަލްސާގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
މިރޭ 9 ޖަހާއިރު އޮންނަ ޖަލްސާއަށް މި ޖަލްސާއަށް ވީހާވެސް ގިނަ ބަޔަކު އައުމަށް އެމްޑީޕީން ވަނީ އެދިފައެވެ.
އެންމެ ފުރަތަމަ އެމްޑީޕީގެ ޖަލްސާ ބާއްވަން ތަނެއް ނުދިނުމުން އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް ވަނީ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީ އާއި ގުޅުމާއި އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުުމަށް ޖަލްސާ ބާއްވަން ތަނެއް ނުދިނުމުން މުލިއާގޭ ކަންމަތީގައި ޖަލްސާ ބާއްވަން ގަސްތުކުރާ ކަމަށް އޭރު ވިދާޅުވެފައެވެ.
+1
+1
+1
+1
+1
+1