ރާއްޖޭގެ އެންމެ ދުވަސްވީ ޕާޓީ، އެމްޑީޕީ ގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
ވިހި ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ވަނީ ދަނޑިކޮށީ ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ.
ޕާޓީގެ ޖަގަހަތަކުގައި ދިދަ ނެގުމުގެ ހަރަކާތާއި ކޭކު ފެޅުމުގެ ހަރަކާތް ވެސް މިއަދު ކުރިއަށްދިޔައެވެ.
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.
މުޅި އަހަރަށް ބަހާލައިގެން ހިންގާ ހަރަކާތުގެ ތެރެއިން ކޮންމެ ސިޓީއެއްގައި އެމްޑީޕީގެ ޖަލްސާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އޭގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސިޓީގަ އެވެ.
+1
+1
+1
+1
+1
+1