އޮޑިޓަރުންގެ ފޯރަމްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ "އޮޑިޓާސް ފޯރަމް 2025" އޮންނާނީ މި މަހުގެ 19 ގައި އެވެ. ފޯރަމް ކުރިއަށް ގެންދަން ނިންމާފައި ވަނީ އެ ދުވަހުގެ ހެނދުނު 08:30 އިން ހަވީރު 04:00 އަށެވެ.
އެހެންވެ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 10 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވުމުގެ އެންމެ ފަހު ވަގުތަކީ އެ ދުވަހުގެ މެންދުރު ފަހު 3:00 އެވެ.
ފޯރަމްގައި ބައިވެރިވުމަށް އެދއެ އިންސްޓިޓިއުޓްގެ މެންބަރުން 925ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ އިރު، މެންބަރުން ނޫން ފަރާތްތަކޫން ފީ އަށް 1،425ރ. ދައްކަން ޖެހެ އެވެ.
"އޮޑިޓާސް ފޯރަމް" ފޯރަމްގެ ސެޝަންތަކުގައި އައިއެސްކިޔުއެމް 1 އަދި 2 ތަންފީޒު ކުރުމާއި، އޮޑިޓް ކުރުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައިއޭ) ބޭނުން ކުރުމާއި، ޕްރޮފެޝަނަލް ޚިދުމަތްތަކުގެ އަގުތައް ކަނޑައެޅުން ފަދަ އޮޑިޓަރުންނަށް ބޭނުންވާ މުހިންމު މައުޟޫޢުތަކަށް އަލިއަޅުވައިލާނެ އެވެ.