ގދ ތިނަދޫގައި ލޯންޗެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓެއް ހިނގާ ހަތަރު މީހަކަށް އަނިޔާ ވެއްޖެ އެވެ.
ފުލުހުން ބުނީ މިއެކްސިޑެންޓް ހިނގީ ގދ. ތިނަދޫ ސިޓީ, ފެރީ ޓާމިނަލް ޖެޓީއަށް ކައިރިކުރި ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ޖެޓީގައި ޖެހިގެންކަމަށެވެ. އެކްސިޑެންޓް ހިނގީ މިއަދު 1:50 ހާއިރު އެވެ.
އޭރު ލޯންޗުގައި ތިން އަންހެނަކާއި އެއް އަހަރު ކުއްޖަކާއި ކެޕްޓަނާއި ފަޅުވެރިޔާ ހިމެނޭހެން ހަ މީހަކު ތިއްބި ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
މި އެކްސިޑެންޓް ގައި ލޯންޗު ގައި ތިބި ދެ ފަސިންޖަރަކާއި ކެޕްޓަން އަދި ފަޅުވެރިޔާއަށް ވަނީ އަނިޔާވެފަ އެވެ. އަނިޔާވެފައި ވަނީ އުމުރުން 50 އަހަރުގެ ކެޕްޓަނާއި ކްރޫ މެންބަރަކާއި ދެ އަންހެނުންްނަށެވެ. އެއީ އުމުރުން 25 އަހަރުގެ އަންހެނަކާއި 28 އަހަރުގެ އަންހެނެކެވެ.
އެ މީހުންނަށް ޑޮކްޓަރު އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.