ރައީސް ޑރ. މުހައްމަދު މުއިއްޒު، މަރުހަބާ ވިދާޅުވާން އެއާޕޯޓަށް ވަޑައިގަތުމުން ވަރަށް އުފާކުރައްވާ ކަމަށް އިންޑިއާގެ ބޮޑުވަަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ވިދާޅުވި މަރުހަބާ ފާހަގަކުރައްވައި، މޯދީ ދެންމެ ވަނީ ދިވެހި ބަހުން އެކްސްގައި ޕޯސްޓެއް ކުރައްވައި ވިދާޅުވީ މަރުހަބާ ވިދާޅުވުމަށް ރައީސް މުއިއްޒު ވަޑައިގެންނެވުމުން އުފާ ކުރައްވާކަމަށާއި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަގީން ކުރައްވާ ކަމަށެވެ.
"މާލެ އާދެވިއްޖެ. އަޅުގަނޑަށް މަރުހަބާ ކިޔުމަށް ރައީސް މުއިއްޒު އެއާޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން. އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަގީން" މޯދީ ވިދާޅުވި އެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މޯދީ މިއަދު ރާއްޖެ ވަޑައިގެންނެވިއިރު ރައީސް އޮފީހުން ބުނި ގޮތުގައި ސްރީލަންކާގެ ރައީސް ވެސް އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.