ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ، ދޮށިމޭނާ ބިލްޑިންގ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ކޯސްޓްގާޑު ބިލްޑިންގ ހުރި ތަނުގައި އަލަށް ޢިމާރާތްކުރި މި ތަނަކީ ދިފާޢީ ވުޒާރާ އާއި ސިފައިންގެ އައު އިމާރާތެކެވެ.
މި އިމާރާތް ހުޅުއްވައިދެއްވާފައިވަނީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ބޮޑުވަަޒީރު މޯދީގެ މި ދަތުރުފުޅަކީ އެމަނިކުފާނު ތިންވަނަ ދައުރަކަށް މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅަކީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި ދެޤައުމުގެ މެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެވޭ ތާރީޚީ ދަތުރުފުޅެކެވެ.
+1
+1
+1
+1
+1
+1