ސައުތު ޕޮލިސް ސަބް ރީޖަންގައި ހިމެނޭ ގއ އަދި ގދ. އަތޮޅުގެ ރަށްރަށުގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފާއިތުވި ޖުލައި މަހު ފުލުހުން ކުރި މަސައްކަތުގެ ތެރެއިން، އެކި މައްސަލަތަކުގައި ގެއްލުނު 25،000ރ. ހޯދައިފިއެވެ.
މިގޮތުން ފުލުހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 25،000ރ. ގެ ފައިސާ އަނބުރާ ހޯދާފައިވާއިރު، 64،429 އިލެކްޓްރޯނިކް ސާމާނުވެސް ހޯދާފައިވެއެވެ. އަދި 4،500ރ. ގެ އަގުހުރި އެހެނިހެން ދެ އެއްޗެއްވެސް ފުލުހުން ވަނީ ހޯދައިފައެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ޖުލައި މަހުގެ ތެރޭގައި ގއ. އާއި ގދ. އަތޮޅުގެ ރަށްރަށުން ޖުމުލަ 143 މީހުން ހުއްޓުވައި ސުވާލުކޮށްފައިވާއިރު، އޭގެ ތެރެއިން 71 މީހުންނަކީ ކުށުގެ ރެކޯޑު އޮންނަ ފަރާތްތަކެވެ. އަދި 72 މީހުންނަކީ ކުށުގެ ރެކޯޑު ފަރާތްތައް ކަމުގައި ފުލުހުން ހާމަކުރެއެވެ.
މި އޮޕަރޭޝަންތަކުގެ ދަށުން ފުލުހުން ވަނީ 98 ވިސިބިލިޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް ޕޮއިންޓް ޤާއިމުކޮށް، 1،329 ލޮކޭޝަން ޗެކްކޮށްފައެވެ.
މީގެ އިތުރުން 138 48 މިނެޓުގެ ފުޓް ޕެޓްރޯލް ހަރަކާތްތައް ހިންގާފައިވާ ކަމަށްވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.