ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން އެ ފުރުސަތު އިއްޔެ އަލުން ހުޅުވައިލި އިރު، ކުރިން 3 ފަހަރެއްގެ މަތިން އިއުލާންކުރި އެވެ. އެގޮތުން އެންމެ ފަހުން އިއުލާންކުރީ މިދިޔަ ބުދަ ދުވަހު އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވައިލީ އެންމެ ފަހުން ކުރި އިއުލާން ބާތިލު ކުރުމަށް ފަހު އެވެ.
އެހެންވެ މިހާރު ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ އަންނަ މަހުގެ 8 އާ ހަމައަށް ހުޅުވާލައިފަ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހޯދަނީ ދެ މެންބަރުންނެވެ. މީގެ ތެރެއިން އެއް މަގާމަކީ ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރުކަމުގެ މަގާމެވެ.
މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމް ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
+1
+1
+1
+1
+1
+1