މަދަނީ ޖަމްޢިއްޔާތަކުގެ ޤައުމީ ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ މާލެ ސިޓީ، ވިލިމާލެ، އަދި ހުޅުމާލޭގެ އެކްޓިވް މަދަނީ ޖަމްޢިއްޔާތަކަށް ބޭއްވި ފޯރަމެކެވެ.
އޮގަސްޓު މަހުގެ 28 އިން 29 އަށް ކުރިއަށްގެންދިޔަ މި ފޯރަމްގައި 69 އެންޖީއޯ، 30 ޑަބްލިޔުޑީސީސް އަދި 6 އަތޮޅު ކައުންސިލުން ވަނީ ބައިވެރިވެފައެވެ.
މި ފޯރަމްގައި ނަގައިދިން ބައެއް ސެޝަންތަކުގެ ތެރޭގައި އެންޖީއޯ ޓްރެކް އެންޑް ރިޕޯޓިން، އެންޖީއޯ އިން ޕީސް އެން ސެކިއުރިޓީ، ޑިޖިޓަލް ސޭފްޓީ، މަނީ ލޯންޓަރިން އަދި ޕްރޮސެސް އޮފް ޑިވޮލޮޕިން ދަ 20 އިޔާ ނޭޝަނަލް ޑިވަލޮޕްމަންޓް ޕްލޭން ހިމެނެއެވެ.
އެންޖީއޯ ޤައުމީ ފޯރަމްގެ މަޤުޞަދުތަކުގެ ތެރޭގައި މަދަނީ ޖަމްޢިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމްއިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުން ހިމެނެއެވެ.