ރައީސުލްޖުމްހޫރިއްޔާ ނޭޕާގެ ބޮޑުވަޒީރު ކަޑްގާ ޕްރަސާދް ސޮރްމާ އޮލީ އާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާދަތުރުފުޅުގެ ހަވާސާގެ ތެރެއިންނެވެ.
މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ދެޤައުމުގެ ގުޅުން ހަރުދަނާ ކުރެއްވުމާއި ޚާއްޞަކޮށް ތަޢުލީމާއި އިގްތިޞާދީ ދާއިރާއިން ގުޅުން ހަރުދަނާ ކުރެއްވުމަށް މަޝްވަރާކުރެއްވިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފުރާވަޑައިގަތީ ހުކުރު ދުވަހުއެވެ.