ލ. އަތޮޅުން ގއ. އަތޮޅަށް ދަތުރުކުރަމުން ދިޔަ، އެ އަތޮޅުގެ ކޮލަމާފުއްޓަށް ނިސްބަތްވާ "ކޮލަމާ" ބޯޓުގެ ޚަބަރެއް ނުވެގެން އުޅެނިކޮށް، އެ ބޯޓު ފެނިއްޖެއެވެ.
ފުލުހުން ބުނިގޮތުގައި، ބޯޓުގެ ކެޕްޓަން ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިއުމަށް ފުލުހުންގެ ލޯންޗެއް މިހާރު ދަތުރުކުރަމުން އަންނަ ކަމަށެވެ. ފުލުހުން އިތުރަށް ބުނީ ކޮލަމާ ބޯޓުގެ ކައްޕިއަށް ފަރުވާ ދިނުމަށްޓަކައި ފުލުހުންގެ ލޯންޗެއްގައި އެ ރަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކޮލަމާ ބޯޓުގެ ކައްޕިއަށް ވީ ކިހިނެއްކަން ފުލުހުން ނުބުނެއެވެ.
ލ. އަތޮޅުން ރޭ ފުރި ކޮލަމާ ބޯޓު ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރައިގެން އެ ބޯޓު ދަތުރު ކުރީ ހުވަދު އަތޮޅަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
+1
+1
+1
+1
+1
+1