މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑް 2025 އަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެމް.އެސް.އެމް.އީ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ދެ ގިންތީގެ ދަށުން މައިގަނޑު 24 ދާއިރާއަށް ކަމަށެވެ. އެއީ ޖަޖުކުރެވޭ ގިންތީގެ ދަށުން 13 ދާއިރާއަކާއި، ޕޮޕިއުލާ އެވޯޑްސް ގިންތީގެ ދަށުން 11 ދާއިރެކެވެ.
އެމް.އެސް.އެމް.އީ އެވޯޑްއަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު ހިމަނާފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ބީސީސީން ވަނީ އެދިފައެވެ.
އެމް.އެސް.އެމް.އީ އެވޯޑަށް ނަން ހުށަހެޅޭނީ 3 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުން ފެށިގެން 2 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށެވެ.
މި އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ގިންތިތަކާއި، ދާއިރާތަކަށް ޚާއްސަ ޝަރުޠުތައް ހިމެނޭހެން، އެވޯޑުދޭ ދާއިރާތަކުގެ ތަފްސީލު، "މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑު 2025ދިނުމާއި ގުޅޭ އުސޫލު "ގައި ބަޔާން ކޮށްފައިވާނެއެވެ. މި ކަ
މާގުޅޭގޮތުން އިތުރު މަޢުލޫމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން 3305555 އަށް ގުޅުއްވައިގެން ނުވަތަ އީމެއިލް ކުރުމުން ލިބޭނެ ކަމަށް ބީސީސީން ވަނީ ބުނެފައެވެ.
މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެގޮތުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.