ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ދެ ބޭފުޅަކު ރައީސް ޢައްޔަންކުރައްވައިފިއެވެ.
މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ހިއުމަން ރައިޓްސް ކޮމިޝަނަށް ޢައްޔަންކުރައްވާފައިވަނީ، މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދާއި ސ. ހުޅުދޫ، ސީބްރީޒް އަޙްމަދު މަޤުސޫމްއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން، ދެ ބޭފުޅުންނަށް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމްއެވެ.
+1
+1
+1
+1
+1
+1