އެމްޑީޕީ ގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ހައްޔަރުކޮށްފި އެވެ.
ހުސައިން ހައްޔަރު ކުރީ އެ ޕާޓީގެ ގައުމީ މަޖިލީހުގައި އުފަން ރަށް، ވިލިނގިލިންނެވެ.
އޭނާ ހައްޔަރުކުރީ ފުލުހުންގެ އޮޕަރޭޝަނެއްގެ ފޮޓޯ ނަގައިގެންނެވެ.
ފުލުހުން ބުނީ ހުސެއިން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށްދިޔަ ސީނެއްގެ ތެރެއަށް ވަދެ ފޮޓޯ/ވީޑީއޯ ނަގަން ފެށުމުން، ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމުން ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް ސީން ތެރެއަށް ވަދެ އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.
ހުސެއިން ހައްޔަރުކުރީ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެ އެވެ.
މަންޒަރު ދުށް މީހުން ބުނިގޮތުގައި ފުލުހުން އޮޕަރޭޝަން ހިންގަމުން ދިޔައީ އޮޕަރޭޝަން ކުރިއަށްދިޔަ ސަރަހައްދު ވަކިކުރަން ޓޭޕު ދަމައިގެންނެއް ނޫނެވެ.