3200 ދަރިވަރުންނާއި އެކު މަތީ ސާނަވީގެ ކިޔެވުން މިއަދު ފަށައިފި އެވެ.
އޭ ލެވެލްގެ ކިޔެވުން މިއަދު ފެށި އިރު، އަލަށް އިތުރު އިތުރު 13 ސްކޫލެއްގައި އޭ ލެވެލް އަސް ކިޔަވައި ދޭން ފަށާފައިވެއެވެ. އެހެންވެ މިހާރު މަތީ ސާނަވީ އަށް ކިޔަވައިދޭ ސަރުކާރުގެ ސްކޫލްތަކުގެ އަދަދު ވަނީ 66 އަށް އަރައި އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ރޭ ވިދާޅުވީ މި އަހަރު އޯ ލެވެލް ނިންމި ކުދިންގެ 49 ޕަސެންޓް ކުދިން މަތީ އޭ ލެވެލް އަށް ކިޔަވާ ކަމަށެވެ. މިދިޔަ އަހަރު އެ ނިސްބަތް އުޅުނީ 33 ޕަސެންޓްގަ އެވެ.
މިދިޔަ އަހަރު 6،700 ދަރިވަރުން އޯ ލެވެލް ނިންމި އިރު، އޭގެ ތެރެއިން އޭ އެ ލެވެލް އަށް ކިޔަވަން ފެށީ 2،100 ދަރިވަރުންނެވެ. މި އަހަރު 6،500 ދަރިވަރުން އޯ ލެވެލް ނިންމި އެވެ.
ރާއްޖޭގައި އޭ-ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާ ވެސް ގިނަ ކުދިންނަށް ދިނުމުގެ ގޮތުން ގްރޭޑް 11 އަދި 12 އަށް ދަރިވަރުން ވައްދާ ކްރައިޓީރިއާ ދަށްކޮށް އިސްލާހެއް ގެނައީ މިދިޔަ މަހުގެ ތެރޭގައެވެ. އެގޮތުން އޭ ލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރު ކުރުމުގެ ގޮތުން އޯ ލެވެލްގެ ތިން މާއްދާއިން ނުވަތަ އެއް މާއްދާއިން ފާސްވާ ކުދިންނަށް ވެސްއެ ފުރުސަތު ދޭން އެޑިޔުކޭޝަނުން ވަނީ ފަށައިފަ އެވެ.
އުސޫލު ބަދަލުކޮށް، އޭ-ލެވެލްއަށް ދަރިވަރުން ވެއްދޭނެ ތިން ގޮތެއް ވަނީ ކަނޑައަޅައިފައެވެ. އެއީ، އެކަޑެމިކް ސްޓްރީމްތަކާއި، ވޮކޭޝަނަލް އެޑިޔުކޭޝަންގެ އިތުރުން މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމެވެ.