ފޮރިންގ މިނިސްޓަރ އަބުދުﷲ ޚަލީލް އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އާއި ބައްދަލުކުރައްވައިފިއެވެ.
އެގޮތުން މި ބައްދަލުވުމުގައި އެކި ޤައުމުތަކާއި އެކު އޮންނަ ގުޅުން ބަދަހިކުރުމާއި، އެސްއައިޑީއެސް، ޔޫއެންޖީއޭ80 ގެ މަސައްކަތުގައި ކުރިއެރުވުމާއި، ނާޒުކު ގައުމުތަކަށް ރަނގަޅަށް އެހީތެރިވުމަށް މިހާރުން މިހާރަށް މާލީ ނިޒާމް އިސްލާހުކުރަންޖެހޭކަމަށް ވިދާޅުވި.
އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ތަޤްރީރުވެސް ކުރައްވާފައެވެ. އެގޮތުން އެ ތަޤްރީރުގައި ވަޒީރު ވިދާޅުވީ، ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާއްމު ނުފެންނަކަމަށް ހަދައިގެން ބޮޑެތި ޤައުމުތަކުން އެކަމަށް ވާގިވެރިވެގެން ތިބި ތިބުމަކީ ޤަރުނުގެ އެންމެ ބޮޑު ލަދުކަމަށެވެ.
އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްވަނީ ފަލަސްޠީނުގެ ރައްޔިތުންނާމެދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ގެންގުޅެމުންދާ ދެފުށްދެގޮތް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ ޤަތުލްޢާންމަށް ވާގިވެރިވެދީ، ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދެމުންދަނީ، އިންސާނީ ޙައްގުތަކަށްޓަކައި އެންމެ ބޮޑަށް ވަކާލާތުކުރާކަމަށް ދަޢުވާކުރާ ޤައުމުތަކުންކަމަށެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށްވެސް ދިރިހުރުމާއި ރައްކާތެރިކަން ކަށަވަރުވުމުގެ ހަމަހަމަ ޙައްގުލިބިގެންވާކަން ބަލައިގަންނަން އެޤައުމުތަކުން ދެކޮޅުކަން އެޤައުމުތަކުން މިކަމުގައި ގެންގުޅޭ ވިސްނުމާއި ސިޔާސަތުން ހާމަވާކަމަށް ވަޒީރު ވިދާޅުވިއެވެ.