ކްރެޑިޓް ކާޑް އިން މަހަކު ބޭނުން ކުރެވޭ ޑޮލަރު ލިމިޓް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މިޑިއާގައި އެ މަނިކުފާނު ވިދާޅުވީ ރެޑިޓް ކާޑް އިން މަހަކު ބޭނުން ކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ބަދަލު އަންނާނީ ފެބްރުއަރީ 1، 2026 އިން ފެށިގެން ކަމަށެވެ.
އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1،500 ޑޮލަރުން 2،000 ޑޮލަރަށް ބޮޑުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ޑެބިޓް ކާޑުން ޑޮލަރަށް ކުރެވޭ މުއާމަލާތް 3،000 ޑޮލަރާ ހަމައަށް ބޮޑުކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައެވެ.