ތިންވަނަ މޯލްޑިވްސް ޓޫޒިޒަމް އެވޯޑްސް ހަފުލާ ބާއްވައިފި އެވެ.
ބާސެލޯ ނަސަންދުރާގައި އިއްޔެ ބޭއްވި އެވޯޑް ހަފުލާގައި ޓޫރިޒަމްގެ ހިދުމަތްދޭ 8 ފެސިލިޓީއަކަށް ޖުމްލަ 10 އެވޯޑު ދީފައިވެ އެވެ.
އެވޯޑްތައް ލިބިފައި ވަނީ ޖޯލި މޯލްޑިވްސް އާއި ކޮންރަޑް މޯލްޑިވްސް އާއި ޖޯލި ބީން އާއި ޖެން ހޮޓެލް އާއި ކާނި ހޮޓެލްސްގެ އިތުރުން ޓްރައިޓަން ޕްރިސްޓީޖް އާއި ވޮޔޭޖަސް މޯލްޑިވްސް އާއި ބެސްޓް ޑައިވްއަށެވެ.
އެވޯޑު ހަފުލާގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވަނީ އެވޯޑު ލިބުނު ފަރާތްތަކަށް މަރުޙަބާ ދަންނަވައި، ރާއްޖޭގެ ޓޫރިޒަމް ސިނާއަތު ކުރިއަރުވައި ތަރައްގީ ކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފަ އެވެ. އަދި މި ކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ އެ ސިނާއަތު ތަރައްގީކުރުމަށް މަގު ފަހިކޮށްދީ، މި ސިނާއަތަށް ސަރުކާރުގެ ފަރާތުން ބޭނުންވާނެ އެހީތައް ފޯރުކޮށް ދިނުން ކަމަށް ވިދާޅުވި އެވެ.
މޯލްޑިވްސް ޓޫޒިޒަމް އެވޯޑްސް ހަފުލާގައި ވަނީ ކުރިއަށް އޮތް ތަނުގައި އިތުރު އެވޯޑުތަކެއް ތައާރަފުކުރާނެ ވެސް އިއުލާންކޮށްފަ އެގޮތުން، އަންހެނުން ބާރުވެރިކުރުވުމާއި، ރާއްޖޭގެ ސަގާފީ އަދި އަތްތެރި މަސައްކަތްތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް، އެވޯޑު ދޭނެކަން އިއުލާންކުރި އެވެ.
މީގެ އިތުރުން، ޕްރޮފެޝަނަލް ދާއިރާއިން ވަކިވަކި ފަރުދުން ހޯދާ ކާމިޔާބާއި ކުރައްވާ މަސައްކަތްތައް ފާހަގަކޮށް އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ތިންވަނަ ޓޫރިޒަމް އެވޯޑަށް، ދާއިރާގެ ހިދުމަތްދޭ 43 ފެސިލިޓީއަކުން 19 އެވޯޑަށް ޖުމްލަ 84 އެޕްލިކޭޝަން ލިބުނު ކަމަށް މިނިސްޓްރީން ބުންޏެވެ.