އަންނަ މަހުގެ 2 ވަނަ ދުވަހު ސަރުކާރު ބަންދު ކުރަން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ އަންނަ ނޮވެމްބަރު 2 ވާ އާދިއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.
އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ ނޮވެންބަރު 3 ގައި ފާހަގަކުރާ ނަޞްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހަށް ކަމަށްވުމާއެކު، ނަޞްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަސް ކަމަށްވާތީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތަށް ހަމަޖައްސައި ދިނުމުގެ ގޮތުން ކަމަށެވެ.
+1
+1
+1
+1
+1
+1