އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ހުޅުދޫ އާއި މީދޫގެ ރައްޔިތުން ނިންމައިފި އެވެ.
އައްޑޫ ކައުންސިލުން ވަކިވާން ފެންނަ ކަމަށް ހުޅުދޫގެ 720 މީހަކު ވޯޓު ދީފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދިނީ 325 މީހުންނެވެ. އަދި އައްޑޫ ކައުންސިލުން ވަކިވާން މީދޫގެ 841 މީހަކު ވޯޓު ދިންއިރު، ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 144 މީހުންނެވެ.
މި ވޯޓުގައި ހުޅުދޫގެ 37 ޕަސެންޓު މީހުން ވޯޓުލާފައިވާއިރު، މީދޫން ވޯޓުލާފައިވަނީ 43 ޕަސެންޓު މީހުންނެވެ.
މިއީ ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނެގި ފުރަތަމަ ވޯޓެވެ.
+1
+1
+1
+1
+1
+1








