ރާއްޖޭގެ މީޑިއާތަކާއި ގުޅިގެ ޕީއެސްއެމުން މިހާރު ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯންއަށް ބީއެމްއެލްއިން 25،000 ޑޮލަރު ހަދިޔާކޮށްފި އެވެ.
އެ ފައިސާގެ ޗެކް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދާ ހަވާލުކޮށްދެެއްވީ ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް އެވެ.
މި ޓެލެތޯންގައި ބައިވެރިވެ، ފައިސާގެ އެހީ ދިނުމުގެ ފުރުސަތު ހުރިހާ ދިވެހިންނަށާއި ޖަމިއްޔާ، ޖަމާއަތްތަކާއި ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަަކަށް ވެސް އޮތީ ހުޅުވާލައިފަ އެވެ.
މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައިވެ އެވެ. އެގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމާއިނަގުދު ފައިސާ، ޓްރާންސްފަ އަދި ޗެކް މެދުވެރިކޮށް ވެސް ފައިސާ ދެވޭނެ އެވެ.
ދިވެހި ރުފިޔާއިން ނަމަ ޖަމާކުރާނީ 7730000796107 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ ޖަމާކުރާނީ 7730000796106 އަށެވެ.








