މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ މިހާތަނަށް ފަތުރުވެރިކަމަށް މުޅިން އަލަށް 3,789 އެނދު ނެރެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރު ފެށުނުއިރު އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީއަކީ 63,248 އެނދެވެ. އެއީ ރިސޯޓުތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 42,547 އެނދާއި ގެސްޓް ހައުސްތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 15,621 އެނދާއި ހޮޓާތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2,028 އެނދާއި ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,052 އެނދެވެ.
މި އަހަރުގެ ޖެނުއަރީ މަސް ފެށިއިރު ފަތުރުވެރިންނަށް 63،248 އެނދުން ދިޔައީ ހިދުމަތް ދެމުންނެވެ. އެހެންކަމުން މިދިޔަ އަހަރާއި އަޅާބަލާއި 3789 އެނދު މިހާރު ވަނީ އިތުރުވެފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި އޮޕަރޭޓްކުރަމުން ދަނީ 178 ރިސޯޓާއި، 958 ގެސްޓުހައުސް، 167 ސަފާރީ، އަދި 16 ހޮޓަލެވެ.








